ރައީސް މައުމޫން އެމެރިކާގެ އެމްބެސަޑަރަށް ޝުކުރު އަދާކުރައްވައިފި

ރައީސް މައުމޫން އެމެރިކަން އެންބަސީގެ އެންބޭސިޑަރ އަށް މިއަދު ކުރެއްވި ޓްވީޓެއްގައި ޝުކުރުއަދާ ކުރައްވައިފި އެވެ. އެބޭފުޅާ އެމެރިކާއިން ރާއްޖެއަށް ހުށަހަޅާފައި ހުންނެވި އެންބޭސިޑަރ އަތުލް ކަޝްޔަޕް އަށ...

28 Mar 2017 | 08:05

ރައީސް މައުމޫން އެމެރިކަން އެންބަސީގެ އެންބޭސިޑަރ އަށް މިއަދު ކުރެއްވި ޓްވީޓެއްގައި ޝުކުރުއަދާ ކުރައްވައިފި އެވެ.

އެބޭފުޅާ އެމެރިކާއިން ރާއްޖެއަށް ހުށަހަޅާފައި ހުންނެވި އެންބޭސިޑަރ އަތުލް ކަޝްޔަޕް އަށް ޝުކުރުއަދާކުރައްވާފައިވަނީ އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން އެމެރިކާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް ނެރުނު ބަޔާނާއި ގުޅިގެންނެވެ.

https://twitter.com/maumoonagayoom/status/846621512731807744

އިއްޔެ ބޭއްވުނު މި އިންތިހާބުގައި އިންސާފުވެރި ވޯޓެއް ނެގުމަށް ހުރަސް އެޅޭ ކަންކަން ކޮށްފައިވާ ކަމަށްބުނެ އެކަންތައްތައް ޑިމޮކްރަސީގެ އުސޫލުން ހިންގައި މަޖިލީހުގެ ޖަލްސާތައް މިނިވަން އަދި އިންސާފުވެރި ޖަލްސާތަކަށްހަދައި، މިނިވަން އަދި އިންސާފުވެރި ލޯކަލް ކައުންސިލް އިންތިހާބެއް ބާއްވައި ނޫސްވެރިކަމާއި އެއްވެ އުޅުމުގެ އަދި ޚިޔާލު ފާލުކުރުމުގެ އަސާސީ މިނިވަންކަން ގާއިމްކުރުމަށް އެމެރިކާއިން ވަނީ ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް