މަސީހުގެ ވޯޓު ނެގުން ކުރިޔަށް ގެންދިޔައީ ރަނގަޅަކަށް ނޫން: އެމެރިކާ

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހަޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި އިއްޔެ ވޯޓު ނެގި އިރު ކަންތައްތައް ހިނގާ ދިޔަ ގޮތާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރާއްޖެ އާއި ސްރ...

28 Mar 2017 | 07:30

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ހުށަހަޅި އިތުބާރު ނެތް ކަމުގެ މައްސަލާގައި އިއްޔެ ވޯޓު ނެގި އިރު ކަންތައްތައް ހިނގާ ދިޔަ ގޮތާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް އަމަލުކުރުމުން މިނިވަން އަދި އިންސާފުވެރި ވޯޓެއް ލާން ހުރަސްތައް އަޅާފައިވާތީ ކަންބޮޑުވާ ކަމަށެވެ. ދިވެހި ސަަރުކާރަށް އެމެރިކާ އިން ގޮވާލީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ކުރުމުގެ އިތުބާރު ދެމެހެއްޓުމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިހާއި އެތެރޭގެ އެހެން އިންތިޚާބުތަކުގައި ވެސް ވަކި ކޮޅަކަށް ނުޖެހޭ އަދި މިނިވަން އުސޫލުތަކެއްގެ މަތިން ކަންކަން ގެންދިއުމުގެ ޔަގީންކަން ދޭން ޖެހޭނެ ކަމަށް އެމެރިކާ އިން ބުނެއެވެ. ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ވެސް ކަށަވަރުކޮށްދިނުމަށް އެމެރިކާއިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މަސީހުގެ ވޯޓު އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ ރޯލް ކޯލް ވޯޓު ނުވަތަ ވަކި މެންބަރުންނާއި ސުވާލުކޮށް ވޯޓު ނަގައިގެންނެވެ. އެގޮތަށް އެ ވޯޓް ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ މަޖިލިހުގެ ގަވާއިދާ ވެސް ޚިލާފު ކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ޖަލްސާ އަށް ހުރަސްއެޅި އެވެ.

އޭގެ އިތުރުން އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓްކުރި އެވެ. އެހެންވެ ވޯޓުގައި ބައިވެރިވީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް