ފުލުހުން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއި އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި ތިން  އޮޕަރޭޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އދ.މަހިނބަދޫ އަދި ހުޅުމާލޭ ޕޮލިސް ސްޓޭޝަނު...

28 Mar 2017 | 07:23

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި ތިން  އޮޕަރޭޝަނެއްގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި އޮޕަރޭޝަންތައް ހިންގާފައިވަނީ އދ.މަހިނބަދޫ އަދި ހުޅުމާލޭ ޕޮލިސް ސްޓޭޝަނުންނެވެ. މި މައްސަލަތަކާއި ގުޅިގެން ފުލުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 21 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކާއި، 31 އަހަރުގެ އަދި 29 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެ އެވެ..

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރީ މީގެ ތެރެއިން ދެ މީހެކެވެ. އެއީ ދެ ސަރަހައްދަކުންނެވެ.

މި ދެމީހުން ބަލައި ފާސް ކުރުމުގެ ތެރޭގައި އެދެމީޙުން ހުރިދިމާ ބިންމަތީގައި މަސްތުވާ ތަކެތިކަމަށް ޝައްކުވާ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާކަށްވެސް ފުލުހުން ހާމަކުރެ އެވެ. އޭގެ ތެރެއިން އެކަކު ހުރިތާ ކައިރި ބިންމަތިން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަތަރު ސެލޯފިންކޮޅު ފެނިފައި ކަމަށާއި އޭނާ ހުރިތާނގެ ގަސްތަކު ތެރެއިން ފެނުނު ސިގިރޭޓޫ ފޮށްޓެއްގެ ތެރެއިން 20 ސެލޯފިން ކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

އދ. މަހިބަދޫ ޕޮލިސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 21 އަހަރުގެ މީޙާ ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ފާސްކުރުމުގެ ތެރޭގައި އޭނާގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޒެހި އަޅާފައިވާ 11 ހޮޅިކޮޅު ފެނިފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެތެރެއިން 31 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތު ޖަހައި 29 އަހަރުގެ މީހާއަށް ހަތް ދުވަސް އަދި 21 އަހަރުގެ މީހާއަށް 15 ދުވަސް ޖަހައިފައިވާއިރު 25 އަހަރުގެ މީހާ ވަނީ ދޫކޮށްލުމަށް ކްރިމިންލަ ކޯޓުން އަމުރުކޮށްފައި އެވެ.

މި މައްސަލަތައް ހުޅުމާލެއާއި މަހިބަދޫ ޕޮލިސްޓޭޝަންތަން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް