ސިފައިންގެ ހިތްތަކުގައި ގައުމީ ރޫހު ދިރުވާ ގައުމީ ލޯބި އާލާކުރުމުގެ ޖަލްސާ ބާއްވައިފި

ސިފައިންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވާ ޤައުމީ ލޯބި އާލާކުރުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ. ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ޖަލްސާގައި ޑިފެންސްމިނިސްޓަރު އާދަމް ޝަރީފް ޢުމަރު ބައިވެރިވެވަޑައިގެންނެވ...

28 Mar 2017 | 06:50

ސިފައިންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވާ ޤައުމީ ލޯބި އާލާކުރުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި މި ޖަލްސާގައި ޑިފެންސްމިނިސްޓަރު އާދަމް ޝަރީފް ޢުމަރު ބައިވެރިވެވަޑައިގެންނެވި އެވެ. ރޭގެ ޖަލްސާގައި މި މައުލޫއަށް ވާހަކަދެއްކެވީ ކާނަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ.

ސިފައިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އާލާކުރުމުގެ މުހިންމު ކަމުގެ މައްޗަށާއި، ސިފައިންގެ ތާރީޚުގައި ދިވެހި ޤައުމާއި ދިވެހިރައްޔިތުންގެ ޙައްޤުގައި ސިފައިން ވެފައިވާ ޤުރުބާނީ އާއި މަސައްކަތުގެ މައްޗަށް ކާނަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފުގެ ވާހަކައިގަ އަލިއަޅުއްވާލެއްވި އެވެ.

ރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އަސްކަރިއްޔާގެ އުމްރާނީ ތަރައްޤީއާއި ސިފައިންގެ ވެލްފެއަރ ކަންކަން ހަރުދަނާ ކުރެއްވުމަށް ސިފައިންގެ ލީޑަރޝިޕްގެ އެހީތެރިކަމާއެކު ކުރެވެމުންދާ ކަމަށެވެ.

ރޭގެ ޖަލްސާ ނިންމަލީ ހާއްސަ ދުއާ އަކުންނެވެ.

މި ޖަލްސާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުނާއި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް