ބޮލީވުޑްގެ ސުޕާސްޓަރ ޝާހުރުކްޚާން އާއި ގިނަބަޔެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ތަރި ރަންބީރު ކަޕޫރު އާއި ދެތަރިން އެއް ފިލްމަކުން ފެނިގެންދިޔުމަކީ ބޮލީވުޑްގެ ފިލްމުތައް ބަލާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ނޫނީ ނުވާނެކަން ޔަގީނެވެ.
ވަކިން ޚާއްސަކޮށް އެދެތަރިން ލީޑް ރޯލުން ފިލްމަކުން ފެނިގެންދިޔުމަކީ ގިނަބަޔަކު ބަލަން ބޭނުންވާނެކަމެއްކަން ޔަޤީނެވެ. އެކަމަށް އިންތިޒާރުކުރަމުން ދިޔަ ފަރާތްތައް ދެން މާގިނަ ދުވަހު އެކަމަށް އިންތިޒާރު ކުރާކަށް ނުޖެހޭނެއެވެ. ޝާހުރުކްޚާން އާއި ރަންބީރު އާއި ދެތަރިން ކަރަން ޖޯހަރުގެ ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރާކަށް ދެން މާގިނަ ދުވަހެއް ނުނަގާނެއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން ކަރަން ދެން ޑައިރެކްޓްކުރާ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ޝާހު އާއި ރަންބީރު އެވެ. މީގެކުރިންވެސް ކަރަންގެ ފިލްމަކުން ޝާހު އާއި ރަންބީރު ވަނީ ފެނިގެންގޮސްފައެވެ. އެއީ މިދިޔަ އަހަރު ނިކުތް ފިލްމެއްކަމަށްވާ " އޭ ދިލްހެ މުޝްކިލް " އިންނެވެ. ނަމަވެސް މިފިލްމުން ޝާހު ފެނިގެންދަނީ ވަރަށް ކުޑަ ރޯލަކުންނެވެ. މިފަހަރު ކަރަން މިއުފައްދާ ފިލްމުން މިދެތަރިން ލީޑު ރޯލުން ފެނިގެންދާނެއެވެ.
އެހެންނަމަވެސް މިފިލްމު ބެލުންތެރިންނާ ހަމައަށް އަންނަން އަދި ދުވަސްތަކެއް ނަގާނެކަމަށް ބެލެވެއެވެ. އެއީ ޝާހު އާއި ރަންބީރު އާ ދެތަރިންވެސް މިވަގުތު އުޅެނީ ދެތަރިންގެ ދެ ފިލްމުގެ މަސައްކަތުގައެވެ. މީގެއިތުރުން ކަރަންގެވެސް އެހެން ފިލްމުތަކެއް އަދި މިއަހަރުގެ ކުރިޔަށް އޮތްތަނަށް ޝެޑިޔުލްކޮށްފައި އެބަހުއްޓެވެ. އެހެންކަމުން އަދި މިފިލްމަށް ބެލުންތެރިން ޖެހޭނީ އިންތިޒާރުކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް