ސޫރިޔާއަށް ހަނގުރާމަކުރަން ދިޔަ އައްޑޫ މީހަކު މަރުވެއްޖެ

ހަނގުރާމަ ކުރުމަށް ސޫރިޔާއަށް ގޮސް އުޅުނު އައްޑޫ މީހަކު މަރުވެއްޖެ އެވެ. އަބްދުﷲ މުހައްމަދު ދީދީގެ އާއިލާއާ ހަވާލާދީ އައްޑޫ ލައިވްގައި ބުނެފައިވަނީ އޭނާ މަރުވެފައިވާކަމަށް ބުނެ އާއިލާއަށް މައުލޫމާތު ދ...

28 Mar 2015 | 11:05

ހަނގުރާމަ ކުރުމަށް ސޫރިޔާއަށް ގޮސް އުޅުނު އައްޑޫ މީހަކު މަރުވެއްޖެ އެވެ.

އަބްދުﷲ މުހައްމަދު ދީދީގެ އާއިލާއާ ހަވާލާދީ އައްޑޫ ލައިވްގައި ބުނެފައިވަނީ އޭނާ މަރުވެފައިވާކަމަށް ބުނެ އާއިލާއަށް މައުލޫމާތު ދީފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އަބްދުﷲ މުޙައްމަދު ދީދީ ސޫރިޔާއަށް ހަނގުރާމައަށް ދިޔައިރު އޭނާގެ ތިން ކުދިން އެބަތިބި ކަމަށާއި އެކުދިން މިހާރު ދިރިއުޅެމުން ދަނީ ހުޅުދޫގައި އެ ކުދިންގެ މަންމަ އާ އެކުގައި ކަމަށް އައްޑޫ ލައިވްގައި ބުނެފައި ވެ އެވެ.

އައްޑޫލައިވްގައި އިތުރަށް ބުނެފައިވަނީ ސޫރިޔާގެ އިދުލީބުގައި ދިވެއްސަކު މަރުވެފައި ވަނީ އެގައުމުގެ ސަރުކާރު ސިފައިންގެ ޗެކްޕޮއިންޓަކަށް އަމާޒުކޮށް އޭނާ ދިން ބޮމުގެ ހަމަލާއެއްގައި ކަމުގައި އިތުބާރުހުރި ގޮތަކަށް އެނގިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް