އާތް އަވާ ފާހަގަ ކުރުމަށް މިރޭ ބާއްވާ ހަރަކާތްތައް ކެންސަލްކޮށްފި

ދުނިޔޭގައި ފާހަގަކުރާ "އާތު އަވާ" ފާހަގަކުރުމުގެ ގޮތުން މިރޭ މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި "ސްވިޗް އޮފް އިވެންޓް" އަދި މިއުޒިކް ޝޯ ކެންސަލްކޮށްފި އެވެ. އާތު އަވާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖު...

28 Mar 2015 | 10:01

ދުނިޔޭގައި ފާހަގަކުރާ "އާތު އަވާ" ފާހަގަކުރުމުގެ ގޮތުން މިރޭ މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެއްސި "ސްވިޗް އޮފް އިވެންޓް" އަދި މިއުޒިކް ޝޯ ކެންސަލްކޮށްފި އެވެ.

އާތު އަވާ މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ މިރޭ ކުރިޔަށް ގެންދަން ނިންމި ޝޯ އާއި ބޮކިތައް ނިއްވާލުން ކެންސަލްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ހޯމް މިނިސަްޓްރީން އެދިގެން ކަމަށެވެ.  ކުރިން ރާވާފައި އޮތީ އެ ޝޯ މިރޭ 8:00 އިން 11:00 އަށް ކުރިއަށް ގެންދިއުމަށެވެ.

އެ ހަރަކާތްތައް ކުރިޔަށް ގެންދާ ފަރާތުން ބުނެފައިވަނީ އެ ދެ ހަރަކާތް ކެންސަލް ވިޔަސް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ބައިސިކަލް ރޭހާއި، ޗޯކު ބޯޑުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ.

"ދުނިޔެއަށްޓަކައި އެއްގަޑިއިރު" ނުވަތަ އާރތު އަވާ އަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކޮށް، އެކަން ހުއްޓުވުމަށް މަސައްކަތްކުރުމަށް ގޮވާލާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު ބާއްވަމުން އަންނަ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް