ރާއްޖޭގެ ޖުޑީޝަރީ އާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ގޮވާލަން: އެމެރިކާ

ޑިމޮކްރަސީއާއި ގާނޫނަށް އޮތް އިތުބާރު އިއާދަ ކުރުމަށާއި ޖުޑީޝަރީ އާއި  ނޫސްވެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން ގޮވާލައިފި އެވެ. އެމެރިކާއިން މިކަމަށް ގޮވާލާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުނ...

28 Mar 2015 | 06:48

ޑިމޮކްރަސީއާއި ގާނޫނަށް އޮތް އިތުބާރު އިއާދަ ކުރުމަށާއި ޖުޑީޝަރީ އާއި  ނޫސްވެރިކަން ކަށަވަރު ކުރުމަށް އެމެރިކާއިން ގޮވާލައިފި އެވެ.

އެމެރިކާއިން މިކަމަށް ގޮވާލާފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނުގެ އޮފީސް ފަރާތުންނެނެވެ.

ނޫސްވެރިއަކު ސުވާލު ކޮށްފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް ނާޒިމް ހައްޔަރުކުރުމާމެދު އެމެރިކާއިން ބުނާނީ ކީކޭތޯ؟ އެވެ.

ޖަވާބުގައި ތަރުޖަމާނުގެ އޮފީހުން ބުނެފައިވަނީ މި ފަހަކަށް އައިސް ރާއްޖޭގައި ކަންހިގަމުން އަންނަ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށާއި 11 އަހަރަށް ނާޒިމް ޖަލަށް ލުމާއި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވުން ފާހަގަ ކުރާ ކަމަށެވެ. އަދި ނާޒިމްގެ ޝަރީއަތާމެދު ވަކި ކަންބޮޑުވާކަމަށާއި ނާޒިމްގެ ޝަރީއަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔަގޮތާއި ދާދި އެއްގޮތަކަށް ކަމަށެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއްގައި އެއް އަސާސް ކަމަށާއި ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާ ހުރެތޯ ބެލުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން އަންނަ ކަމަށްވެސް ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު އޮފީހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް