މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކޯޑިނޭޓަރުގެ މަގާމަށް އިތުރު ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޔޫތު މިނިސްޓްރީއަށް އަލަށް އައްޔަން ކޮށްފައިވާ ދެ ބޭފުޅުންނަކީ އިސްމާއިލް އިބްރާހިމް އާއި ހަސަން ނިޝާއު އަލީ އެވެ. އެ މަގާމަށް މި ދެމީހުން އައްޔަން ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ދެ ޒުވާނުންގެ ތެރެއިން އިސްމާއިލް އިބްރާހިމްއަކީ މީގެ ކުރިން ނޫސްވެރިކަމުގެ ދާއިރާގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައިވާ ބޭފުޅެކެވެ. ހަޝަން ނިޝާއު އަލީ އަކީ ޓުއަރިޒަމް މެނޭޖްމެންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
ކޯޑިނޭޓަރު ކަމަށް އިސްމާއިލް އިބްރާހިމް އާއި ހަސަން ނިޝާއު އަލީ އައްޔަން ކުރުމާއެކު ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް