މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ފިލައިގެން އުޅޭ އުމުރުން 16 އަހަރުގެ އާއިޝަތު ހަނާން ހޯދަމުން އަންނަނިކޮށް އަމިއްލައަށް ގެއަށްދިޔަ ކަން އާއިލާއިން ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ ހަނާން ގެއަށް ދިޔަކަން އާއިލާއިން ރިޕޯޓް ކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ.
ފުލުހުން ބުނީ ހަނާން ހޯދަން ފެށީ މި މާރޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް