މާދަމައަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ނިންމައިފި – ރަމަޟާން މުބާރަކް

މާދަމާ 01 މާރިޗް 2025 ވަނަ ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިކަން އިޢުލާނުކުރެއ...

28 Feb 2025 | 15:27

މާދަމާ 01 މާރިޗް 2025 ވަނަ ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިކަން އިޢުލާނުކުރެއްވީ ހަނދު ސާބިތު ކުރުމަށް ބޭއްވި ޖަލްސާގައެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ކުރެވުނު ދިރާސާތަކާ ފަލަކީ ހިސާބުތަކަށް ބަލާފަޔާ އަދި ރާއްޖޭގެ ހަނދު ސާބިތު ކުރުމަށް އޮންނަ އުސޫލުތަކަށް ބަލާފަ އަދި އިސްލާމީ ގައުމުތަކުގެ މިރޭހެ ހާލަތަށް ބަލާފަ ގިނަ ގައުމުތަކުން މާދަމައަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅާފަ ވުމާއެކުގަ ދިވެހިރާއްޖެއަށްވެސް މާދަމައަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމަށް ކަނޑައެޅުމަށް ނިންމާފައިވާކަމަށެވެ.

މި ފެށޭ ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބާއި ދަރުމަ މުސްލިމް އަޚުންނާއި އުޚްތުންނަށް މިންވަރު ކުރުމަށް އެދޭ ހާލު، ދުވަހުގެ އެންމެހާ ކިޔުންތެރިންނަށް ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް