މިނިސްޓަރު ނަހުލާ، މެޑަމް ފާތުންއާ ބައްދަލު ކުރެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރު އައިޝަތު ނަހުލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އާއި ބައްދަލު ކުރެއްވި ކަ...

28 Feb 2023 | 18:46

ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނައިބު ލީޑަރު އައިޝަތު ނަހުލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އާއި ބައްދަލު ކުރެއްވި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ޖޭޕީން ދޮގު ކޮށްފިއެވެ.

ޖޭޕީން މިހެން ބުނެފައި ވަނީ ސޯޝަލް މީޑިއާގައި ހަބަރު ފަތުރަމުންދާ އެމްވީ ކްރައިސިސް އިން މިއަދު މިނިސްޓަރ ނަހުލާ ކުރީގެ ފަސްޓް ލޭޑީ ފާތުން އާއި ބައްދަލުކޮށްފި ކަމަށް ބުނެ ހަބަރު ފަތުރާފައި ވާތީ އެވެ.

އެގޮތުން އެމްވީ ކްރައިސިސްއިން ބުނެފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރ ކަން ކުރައްވަމުން ގެންދަވާ އައިޝަތު ނަހުލާ، ކުރީގެ ފަސްޓުލޭޑީ ފާތިމަތު އިބްރާހީމާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އަދި މިނިސްޓަރ ނަހުލާ، ރައީސް ޔާމީންގެ ގެ ކައިރީގައި ހުންނަ ޗީބޯ ކެފޭގެ ދޮރުމަތިން ކަހަލަ ގޮތަކަށް، އެކަމަނާގެ ކާރުކޮޅަށް އަރާ މަންޒަރު ފެންނަ ދެ ފޮޓޯއެއް މި ހަބަރާއެކު އެމްވީ ކްރައިސިސް އިން ވަނީ ހިއްސާކޮށްފައެވެ.

އެމްވީ ކްރައިސިސް އިން ފަތުރާފައިވާ ހަބަރު ދޮގު ކޮށް ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިހް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓަރ އަދި ޖޭޕީގެ ނައިބު ލީޑަރު ނަހުލާ މިއަދު ހުޅުމާލޭގައި ހުންނަ ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފީހުން އައި މަގުމަތީގައި އާއިލާ ބޭފުޅުން ކޮޅެއް ޗީބޯ ގައި ތިއްބެވީމައި އެތަނަށް ވަޑައިގެން މަންޒަރު ތަސްވީރު ކޮށް ފަތުރާފައި ވަނީ ދޮގު ހަބަރެއް ކަމަށެވެ.

މީގެ އިތުރުން މިއީ ވަރަށް ނާތަހުޒީބު، ފިނޑި އަމަލެއްގެ ގޮތުގައި އަލީ ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް