ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ޕީޕީއެމުން ސަލަފާއި ބައްދަލު ކޮށްފި

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ޕީޕީއެމް އިން ސަލަފް ޖަމިއްޔާ އާއި ބައްދަލުކޮށްފި އެވެ. މިކަން ހާމަކޮށްފައި ވަނީ ޕީޕީއެމް އިން ކުރި...

28 Feb 2023 | 16:32

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ޕީޕީއެމް އިން ސަލަފް ޖަމިއްޔާ އާއި ބައްދަލުކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ޕީޕީއެމް އިން ކުރި ޓްވީޓެއްގައި އެވެ.

އެގޮތުން ޕީޕީއެމުން ކުރި ޓްވީޓްގައި ބުނީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ދެއްވި ކަމަށްޓަކައި ސަލަފް ޖަމިއްޔާގެ އިސްވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ޕީޕީއެމް އިން ކުރި ޓްވީޓާއި އެކު ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން އެޕާޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މާލޭ ސިޓީގެ މޭޔަރު ޑރ މުއިއްޒު އާއި ކައުންސިލަރ ސުޖާއު ބައިވެރިވެފައި ވެއެވެ.

އަދި ސަލަފް ޖަމިއްޔާގެ ފަރާތުން ޖަމިއްޔާގެ ރައީސް އާއި ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ބައިވެރިވެފައި ވެއެވެ.

ސަލަފް ޖަމިއްޔާ އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް އެންމެ ކުރަމުން އަންނަ ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް