ބޭރުގެ ކުންފުނިތަކަށް އޮޅުވާލައިގެން ފައިސާ ހޯދަމުން ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ. މިއީ ބޭރުގެ ކުންފުނިތަކަށް މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ދިވެއްސަކު ހައް...

28 Feb 2023 | 16:01

ރާއްޖެ އިން ބޭރުގެ ކުންފުނިތަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މިއީ ބޭރުގެ ކުންފުނިތަކަށް މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ދިވެއްސަކު ހައްޔަރުކުރި ފުރަތަމަ ފުރަތަމަ ފަހަރެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގެ ކުންފުނިތަކުން ދިވެހިރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެފަރާތްތަކަށް ސައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެމުދާ ރާއްޖޭގައި ވިއްކާ މަންފާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މީހަކު ހޯދައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މާލޭގައި އެމީހާ ދިރިއުޅެމުންދާ ތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ދަނީ ތަޙްޤީޤްކުރަމުން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ދިވެހި މީހާގެ ވަނަވަރާއި އަދި މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ އެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް