ހުޅުމާލޭގެ 17 ބިމެއް ސަރުކާރުން ގަނެފި

ހުޅުމާލޭގެ 17 ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުން ސަރުކާރުން ގަނެފިއެވެ. ހުޅުމާލެ ފޭސް ދޭކުން 17 ބިމެއް ސަރުކާރުން ގަތީ 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ. އެ...

28 Feb 2023 | 15:39

ހުޅުމާލޭގެ 17 ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުން ސަރުކާރުން ގަނެފިއެވެ.

ހުޅުމާލެ ފޭސް ދޭކުން 17 ބިމެއް ސަރުކާރުން ގަތީ 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެންނެވެ.

އެގޮތުން ހުޅުމާލެ ފޭސް ދޭކުން ސަރުކާރުން ގަތީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދުގެ 17 ބިމެކެވެ.

މީގެ އިތުރުން އެ ބިންތަކުގެ އަގަށް 878 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާތީ އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ކޯޓުން މި ހަފުތާގައި ވަނީ ނިންމާފައެވެ.

އެ ބިންތައް ސަރުކާރުން ގަތީ ކޮން ބޭނުމަކު ކަން ހާމަކޮށްފައި ނުވާއިރު، މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެކި ބޭނުންތަކަށް އެޗްޑީސީގެ އަތުން ހުޅުމާލެއިން ބިން ގަނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް