ފެނަކައިގެ ކުރީގެ އެމްޑީ ނިމާލަށް ދައުވާކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ދައުވާ އުފުލައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނީ އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަ...

28 Feb 2023 | 15:34

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނީ އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތާ އެއްގޮތަށް ތަކެތި ފޯރުކޮށް ނުދެވުމުން ލިކްއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 2.54 މިލިއަން ރުފިޔާ އުނިނުކޮށް، އެ ކުންފުނިތަކަށް ފައިސާ ދިނުމުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.

އެ ދައުވާ އުފުލީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އެވެ.

ނިމާލްގެ މައްޗަށް ދައުވާ ކުރި އިރު އޭނާ އަކީ މާލެ އަތޮޅު ކައުންސިލްގެ ރައީސެވެ.

ނިމާލްގެ އިތުރުން ފެނަކައިގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރު ދަފްތަރު ނަންބަރު 13520، މިންހާޖު ވަހީދުގެ މައްޗަށް ވެސް އެ މައްސަލައިގެ ދައުވާ އުފުލި އެވެ. އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދުނަސް ހެކި ނެތުމުން އެ ދެ މީހުންގެ މައްސަލަ އަނބުރާ ފޮނުވާލީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް