އީލޮން މަސްކް އަނެއްކާވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވެއްޖެ

ޓުވިޓާގެ ވެރިޔާ އަދި ބިލިއަނައަރު އީލޮން މަސްކް އަނެއްކާވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު ހޯދައިފި އެވެ. އެ މަގާމު އޭނާއަށް ލިބިފައި މިވަނީ ދެ މަހުގެ މެދު ކެނޑުމަކަށް ފަހު އެވެ. 2021 ވަނަ އ...

28 Feb 2023 | 08:51

ޓުވިޓާގެ ވެރިޔާ އަދި ބިލިއަނައަރު އީލޮން މަސްކް އަނެއްކާވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ޝަރަފު ހޯދައިފި އެވެ.

އެ މަގާމު އޭނާއަށް ލިބިފައި މިވަނީ ދެ މަހުގެ މެދު ކެނޑުމަކަށް ފަހު އެވެ. 2021 ވަނަ އަހަރު ނޮވެމްބަރުން ފެށިގެން އޭނާގެ މިލްކިއްޔާތު ވަރަށް ބޮޑަށް ދަށްވި އެވެ.

އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި މިމަހު އަނެއްކާވެސް މަސްކުގެ މިސްލިއްޔާތު އިތުރުވެ 187 ބިލިއަން ޑޮލަރަށް ވަނީ އަރާފައި އެވެ. މިދިޔަ ދެ މަހު އެމަގާމުގައި އޮތް ފްރާންސްގެ ބިލިއަނަރު ބާނާޑް އާނައުލްޓްގެ މިލްކިއްޔާތުގައި މިހާރު ހުރީ 185 ބިލިއަން ޑޮލަރެވެ.

އީލޮން އަކީ ދުނިޔެއަށް ނަން މަޝްހޫރު ކާރު ކުންފުންޏެއް ކަމަށްވާ ޓެސްލާ އަދި ސްޕޭސް އެކްސްގެވެސް ފައުންޑާ އަދި ސީއީއޯއެވެ.

މަސްކުގެ މިލްކިއްޔާތު ދަށްވި ދުވަސްވަރު އޭނާގެ ނަން ވަނީ ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ފާހަގަ ކޮށްފައި އެވެ.

އެއީ ދުނިޔޭގެ ތާރީހުގައިވެސް ބިލިއަނަރުންގެ ތެރޭގައި ހިމެނޭ މީހެއްގެ މިލްކިއްޔާތުން އެ ފަހަރާ 200 މިލިއަން ޑޮލަރު ގެއްލުއްވި ފުރަތަމަ މީހާގެ ލަގަބު އޭނާއަށް ލިބުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް