ރައީސް ނަޝީދު، ގާސިމްގެ އެޑްވައިޒަރު އިލްހާމް އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދާއި ބައްދަލުކުރައްވައިފިއެވެ. ދުވަހަށް މައުލޫމާތ...

28 Feb 2023 | 08:31

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހްމަދާއި ބައްދަލުކުރައްވައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ބައްދަލުވުން މިއަދު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގައެވެ. އަދި މި ބައްދަލުކުރެއްވުމަކީ ރައީސް ނަޝީދުގެ ދައުވަތަކަށް އިލްހާމް އަހްމަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ކުރިއަށްގެންދެވި ބައްދަލުކުރެއްވުމެއްކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރުކަންވެސް ކުރެއްވި އިލްހާމް އަހްމަދާއި ރައީސް ނަޝީދު މިއަދު ބައްދަލުކުރައްވާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމާއެކު ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން ކޯލީޝަން ހަދައި، ރަނިން މޭޓުކަން ހޯދަން މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމުގެ އަޑު މިއަދު ގަދަވެފައިވެއެވެ.

އެގޮތުން ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ގާސިމް ވެރިކަމަށް ގެނައުމަށް ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދުގެ ޖަލްސާގައި ތުހުމަތު ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް