ޕާކިން އޭރިއާ ބަންދުކޮށްފައިއޮތީ މެކޭނިކަލް ސިސްޓަމް ނަގަން: ޕްލޭނިން

ވޭލާނާގޭ ސަރަހައްދުގައިގައި އޮންނަ ޕާކިން އޭރިއާ ބަންދުކޮށްފައިވަނީ މެކޭނިކަލް ސިސްޓަމް ނަގަން ވެގެން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ. މިނިސްޓްރީން މިހެން ބުނެފައި މިވަނީ ވެލާނާ ސަރަހައްދުގައ...

28 Feb 2023 | 08:20

ވޭލާނާގޭ ސަރަހައްދުގައިގައި އޮންނަ ޕާކިން އޭރިއާ ބަންދުކޮށްފައިވަނީ މެކޭނިކަލް ސިސްޓަމް ނަގަން ވެގެން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައި މިވަނީ ވެލާނާ ސަރަހައްދުގައި މިއަދު މުވައްޒަފުން ޕާކު ކުރާނެ ތަނެއް ނެތިގެން އެ އިމާރާތަށްދާ ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންތަކެއް މުޒާހަރާ ކޮށްފައި ވަނިކޮށެވެ. އެމީހުން ހިތްހަމަ ނުޖެހުނީ ވެލާނާގޭ ކައިރީގައި ޕާކް ކުރާނެ ޖާގަ ނެތްއިރު ސްޓިކާ ޖަހާ ކަމަށްބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރެއިން އެ ސަރަހައްދަށް ވައްދައިގެންކަމަށެވެ. އެހެންކަމުން އެ ސިސްޓަމް އެތަނުން ނަގާތީ އެ ސަރަހައްދު ބަންދުކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސިސްޓަމް ނެގުމަށްފަހު، ވީހާވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެކަމަށާއި

މިއަދު މުޒާހަރާ ކުރި މުވައްޒަފުން ބުނީ އެ ސަރަހައްދުގައި ޕާކުތައް ނަހަދައި ޕާކިން ޒޯނުތައް ހެދުން މުހިންމު ކަމަށެވެ. އަދި ޕާކިން ޒޯނެއް ބަންދު ކުރާނަމަ ބަންދު ދުވަހެއްގައި އެކަން ކުރުން އެންމެ ރަނގަޅުވާނެ ކަމަށް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެތަން ބަންދުކޮށްފައި އޮންނަ ދުވަސްތަކުގައި އެ ސަރަހައްދުގެ އެކި ތަންތަނުގައި ޕާކު ކުރިޔަސް ސްޓިކާ ނުޖަހާނެކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް