ޕާކިން މައްސަލައިގާ މުވައްޒަފުން އިހުތިޖާޖު ކޮށްފި

ޕާކިން މައްސަލައިގާ، ވެލާނާގެ ބިލްޑިންގުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މިއަދު އިހުތިޖާޖުކޮށްފިއެވެ. މުވައްޒަފުން މިއަދު އިހުތިޖާޖު ކުރީ ވެލާނާގެއާއި ދަރުމަވަންތަ ސްކޫލާއި ދެމެދު ކަންމައްޗަށް ...

28 Feb 2023 | 06:40

ޕާކިން މައްސަލައިގާ، ވެލާނާގެ ބިލްޑިންގުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މިއަދު އިހުތިޖާޖުކޮށްފިއެވެ.

މުވައްޒަފުން މިއަދު އިހުތިޖާޖު ކުރީ ވެލާނާގެއާއި ދަރުމަވަންތަ ސްކޫލާއި ދެމެދު ކަންމައްޗަށް ވާގޮތަށް އޮންނަ ޖާގައިގާ ޕާކް ކުރުން މިއަދުން ފެށިގެން މަނާ ކުރުމެވެ. ވެލާނާގޭ ސަރަހައްދުގައި ޕާކް ކުރަން ބައެއް ސަރަހައްދުތައް ކަނޑައަޅާފައިވީނަމަވެސް އެ ސަރަހައްދަކީ ރަސްމީ ގަޑީގައި ޕާކުކުރާނެ ޖާގަ ލިބުން ދަތި ސަރަހައްދެކެވެ.

އިހުތިޖާޖު ކުރި މުވައްޒަފުން އެ މުވައްޒަފުންގެ ޝުއޫރު ލިޔެފައިވާ ކަރުދާސްތަކާއެކު ވެލާނާގޭ ބިލްޑިންގް ގެ ތިރީގައި އިހުތިޖާޖު ކުރުމަށްފަހު މަޖިލިސް ކައިރިއަށް ގޮސް އެ ސަރަހައްދުގައިވެސް އިހުތިޖާޖުކޮށްފައިވެއެވެ.

ވެލާނާގޭ ބިލްޑިންގް ހުންނަ އަމީރުއަހުމަދު މަގުގައިވެސް މިހާރު ޕާކު ކުރުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް