ކޭއޭސީއެލް ފުޓްސަލް ޗެލެންޖް : ފައިނަލުގެ ފަހު ޖާގަ އޮޕަރޭޝަންސް އަށް

ކޭއޭސީއެލް އިންޓަރ ޔުނިޓް ފުޓްސަލް ޗެލެންޖް 2023″ގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކަށް އޮޕަރޭޝަންސް ވެއްޖެއެވެ. އޮޕަރޭޝަންސް އިން ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ...

28 Feb 2023 | 05:36

ކޭއޭސީއެލް އިންޓަރ ޔުނިޓް ފުޓްސަލް ޗެލެންޖް 2023″ގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކަށް އޮޕަރޭޝަންސް ވެއްޖެއެވެ.

އޮޕަރޭޝަންސް އިން ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ޑްރީމާސް އާއި ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމި ދެވަނަ ހާފަށް ދިޔައިރު، އޮޕަރޭޝަންސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އޮޕަރޭޝަންސް އަށް މެޗުގެ ފުރަތަމަ ހާފުގައި ލަނޑުތައް ޖަހައިދިނީ މުޙައްމަދު ސިނާޙް އާއި މުޙައްމަދު ފަޔާޒްއެވެ. އޮޕަރޭޝަންސް ގެ ތިންވަނަ ލަނޑު މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ ވެސް އަޙުމަދު ފަޔާޒް އެވެ.

ޑްރީމާސް ގެ ހަމަ އެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އަބްދުﷲް ފަޔާޒްއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އޮޕަރޭޝަންސް ޓީމުގެ މުޙައްމަދު ސިނާޙްއެވެ.

އޮޕަރޭޝަންސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު، އެޓީމު ފައިނަލުގައި ވާދަކުރަން ޖެހޭނީ މަފިޓް އާއެވެ.

މި ދެޓީމު ފައިނަލުގައި ބައްދަލުކުރަން ޖެހުނުއިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައާއި ސެމީގައި މި ދެޓީމު ވަނީ ވާދަކޮށްފައެވެ. މި ދެމެޗުން ވެސް މޮޅުވެފައިވަނީ މަފިޓްއެވެ.

އޮޕަރޭޝަންސް އަދި މަފިޓް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާރޭގައެވެ. ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް