ފީފާއިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗަކަށް ސްކަލޯނީ އަދި އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް

ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް އާޖެންޓީނާއާއި އެކު ވޯލްޑް ކަޕް ކާމިޔަަބު ކުރި ލިއޮނަލް ސްކަލޯނީ އަށް ލިބުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ އެމެލިއާނޯ މާޓިނޭޒް ހޮވިިއް...

28 Feb 2023 | 04:17

ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް އާޖެންޓީނާއާއި އެކު ވޯލްޑް ކަޕް ކާމިޔަަބު ކުރި ލިއޮނަލް ސްކަލޯނީ އަށް ލިބުނުއިރު، އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ އެމެލިއާނޯ މާޓިނޭޒް ހޮވިިއްޖެއެވެ.

ރޭ ކުރިއަށް ދިޔަ އެވޯޑު ހަފްލާގައި އެންމެ މޮޅު ކޯޗުކަމުގެ މަޤާމު ސްކަލޯނީ ހާސިލްކުރީ ސްޕެއިންގެ ޕެޕް ގާޑިއޯލާ އާއި އިޓަލީގެ ކާލޯ އަންޗެލޮޓީ އާއި ވާދަކޮށެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރުކަން މާޓިނޭޒް ހޯދީ ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އަދި މޮރޮކޯގެ ޔަސީން ބޯނޯއާ ވާދަކޮށެވެ.

އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދި ސްކަލޯނީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސްކޮލާނީ ވަނީ އާޖެންޓީނާއާއި އެކު ކޮޕަ އެމެރިކާ މުބާރާތާއި ފައިނަލިސިމާގެ މުބާރާތް މާކިޔާބުކޮށްފައެވެ.

އެންމެ މޮޅު ކީޕަރު ކަމުގެ އެވޯޑު ހާސިލް ކުރި މާޓިނޭޒް ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި އެ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ.

ސްކޮލާނީގެ އިތުރުން އަހަރުގެ އެންމެ މޮޅު އަންހެން ކޯޗުކަމުގެ މަގާމު ލިބުނީ އިންގްލެންޑު ޤައުމީ ޓީމުގެ ކޯޗު ސަރީނާ ވިއެމަންއަށެވެ. އަދި އަހަރުގެ އެންމެ މޮޅު އަންހެން ގޯލް ކީޕަރަކަށް ހޮވުނީ އިންގްލެންޑުގެ ކީޕަރު މެރީ އާޕްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް