ޔޫއެސް މާޝަލްސް ރެންސަމްވެއާ އެޓޭކެއްގެ ދަށުވެއްޖެ

އެމެރިކާގެ ލޯ އެންފޯސްމަންޓް ސާވިސް (ޔޫއެސްމާޝަލްސް ސާވިސް) ރެންސަމްވެއާ އެޓޭކެއްގެ ދަށުވެއްޖެއެވެ. ތިލަކޮށް ބުނާނަމަ ރެންސަމްވެއާ އެޓޭކަކީ ހެކަރުންގެ އަތްދަށަށް ސިސްޓަމެއްގެ ކޮންޓްރޯލް ގެންގޮސް ބަދަލ...

28 Feb 2023 | 04:04

އެމެރިކާގެ ލޯ އެންފޯސްމަންޓް ސާވިސް (ޔޫއެސްމާޝަލްސް ސާވިސް) ރެންސަމްވެއާ އެޓޭކެއްގެ ދަށުވެއްޖެއެވެ.

ތިލަކޮށް ބުނާނަމަ ރެންސަމްވެއާ އެޓޭކަކީ ހެކަރުންގެ އަތްދަށަށް ސިސްޓަމެއްގެ ކޮންޓްރޯލް ގެންގޮސް ބަދަލުގައި ބޮޑު އަގެއް ކިޔުމެވެ. އަގު ނުދައްކައިފިނަމަ އެ ސިސްޓަމެއްގައި ހުރި މައުލޫމާތު ލީކުކޮށްލުމެވެ.

ޔޫއެސް މާޝަލްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވަރަށް މުހިންމު މައުލޫމާތުތަކެއް އެކުލެވޭ ސިސްޓަމެއް ހެކަރުންގެ އަތްދަށުވެފައިވާކަމަށާއި އެ ސިސްޓަމް ނެޓްވޯކުން ވަކިކޮށް ފޮރެންސިކް އެނާލިސިސް އެއް މިހާރު ހަދަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެ ސިސްޓަމްގެ ބަދަލުގައި ހެކަރުންނަށް އޭގެ އަގު ދައްކާނެކަމާއިމެދު އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ބުނެފައިވަނީ އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް