ހިންދި ޑްރާމާ ސިލްސިލާތަކަކީ ދިވެހިންގެ މެދުގައި މަގުބޫލު ޑްރާމާތަކެކެވެ.
ހާއްސަކޮށް ސްޓާ ޕަލް، ސޮނީ، ކަލާސް ފަދަ ޗެނަލްތަކުން ދައްކާ ގިނަ ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަވައިދުން ބަލާ އެއްޗިއްސެވެ. މިފަހަރުގެ މައުލޫމާތަކީ ސޮނީ ޗެނަލުން އަލަށް ފަށަން އުޅޭ ޑްރާމާއެއްގެ ވާހަކަ އެވެ.
ގޭތެރޭގެ ހަމަނުޖެހުންތަކާއި ޓިޕިކަލް އިންޑިއަން ސްޓައިލް ދޫކޮޮށް މިފަހަރު ސޮނީން ފަށަން އުޅެނީ ޒަމާނާއި ގުޅޭ ޒުވާނުން ގަޔާވާނެ ސިލްސިލާއެއް ކަމަށް އެ ޗެނަލުން ބުނެ އެވެ. އެ ސިލްސިލާގެ ނަމަކީ "ސަޕްނޯ ކީ ޗަލަންގް" އެވެ.
މި ޑްރާމާގައި ލީޑްރޯލުން ފެނިިގެންދަނީ މޭގާ ރާއީ، ރާދިކާ ޔާދަވްގެ ނަމުގައި އެވެ. އޭނާގެ ހަޔާތަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޑްރާމާ ސިލްސިލާގައި ފެނިގެންދާނީ އުއްތަރް ޕްރަދޭޝްގެ ޖާންސީން ރާދިކާގެ ދިރިއުޅުން މުމްބާއީއަށް ބަދަލު ކުރާ ހިސާބުންނެވެ.
މުސްތަގުބަލެއް ހޯދުމަށް އޭނާ ކުރާ މި ދަތުރުގައި ވަޒީފާގައި ދިމާވާ ކަންކަމާއި ރުންކުރު ވެރިއެއް ރުއްސުމަށް ކުރާ މަސައްކަތާއި، ރޫމް މޭޓުންނާއި ސަގާފަތާއި ހެދުން އެޅުމަށް އޭނާ ގެންނަން ޖެހޭ ބަދަލުތައް މި ސިލްސިލާއިން ފެނިގެންދާނެ ކަމަށް "ސަޕްނޯ ކީ ޗަލަންގް" ގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ.
މި ސިލްސިލާ ދައްކަން ފަށ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
https://www.instagram.com/p/CpHUhbZDiJG/
ސޮނީން ދަނީ އެހެން ބަސް ބަހުގެ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ހިންދީ ރިމޭކް ސިލްސިލާތައްވެސް އެ ޗެނަލުން ދައްކަން ތައްޔާރުވަމުންނެވެ. އެގޮތުން ވަރަށް ފަހުން ވަނީ ތުރުކީގެ މަޝްހޫރު ޑްރާމާ އެއްގެ ހިންދީ ރިމޭކްވެސް ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް