ފީފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު މެސީ އަށް

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ. ރޭ ފްރާންސްގެ ޕެރިހުގައި ކުރިއަށް ދިޔަ މި އެވޯޑު ޙަފްލާގައި މެސީ މޮޅު ކުޅުންތެރިޔާގެ އެ...

28 Feb 2023 | 03:42

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޮވިއްޖެ އެވެ.

ރޭ ފްރާންސްގެ ޕެރިހުގައި ކުރިއަށް ދިޔަ މި އެވޯޑު ޙަފްލާގައި މެސީ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ފްރާންސްގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ އާއި ރެއާލް މެޑްރިޑް ގެ ފޯވާޑް ކަރީމް ބެންޒެމާއާ ވާދަކޮށެވެ.

މިއީ ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެސީ ހޯދި ދެވަނަ ފަހަރެވެ. މެސީ އެންމެ ފުރަތަމަ މި އެވޯޑު ކާމިޔާބު ކުރީ 2019 ވަނަ އަހަރު އެވެ.

މެސީ ވަނީ އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މެސީގެ ކެޕްޓަން ކަމުގެ ދަށުން އެންމެ ފަހުން ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާއިން ކާމިޔާބު ކުރިއިރު، އެ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި މެސީގެ ދައުރު ވަރަށް ބޮޑެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ މެސީއަށެވެ.

އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް މެސީ ހޮވުނުއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ބާސެލޯނާ އަށް ކުޅެމުން އަންނަ އެލެކްސިއާ ޕުޓޭޔާސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް