ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕް: ސަނާގެ އިހްސާސްތަށް

ހައްވާ ސަނާ ރަޝާދަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕުގެ ދަށުން މަތީ ތައުލީމް ހާސިލްކުރަމުންދާ ކުއްޖެކެވެ. ސަނާ ވިލާ ކޮލެޖުން ފުރިހަމަކުރަމުންދަނީ ދަނީ ޑިޕްލޮމާ އިން ނަރސިންގެވެ. އަދި މި ވަގ...

28 Feb 2022 | 18:21

ހައްވާ ސަނާ ރަޝާދަކީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕުގެ ދަށުން މަތީ ތައުލީމް ހާސިލްކުރަމުންދާ ކުއްޖެކެވެ. ސަނާ ވިލާ ކޮލެޖުން ފުރިހަމަކުރަމުންދަނީ ދަނީ ޑިޕްލޮމާ އިން ނަރސިންގެވެ. އަދި މި ވަގުތު މަސައްކަތް ކުރަމުންދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންގެ ޑިޕާރޓްމެންޓުގެ ވޯރޑް ކްލަރކެއްގެ މަގާމުގައެވެ.

ނަރުސްކަން ކިޔެވުމަށް ސަނާ ނިންމީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވޯރޑް ކްލަރކެއްގެ ގޮތުގައި މައްސަތްކަތް ކުރުމުގެ ތެރޭގައެވެ. އެންމެ ބޮޑަށް ޝައުގަވެރިކަން އުފެދުނު ސަބަބަކީ ނަރުހުން މީހުންނަށް ފޯރުކޮށްދިން އަޅާލުމައި ފަރުވާތެރިކަން މަސައްކަތު މާހައުލުން ފެނުމުންނެވެ. ސަނާ ހުވަފެން ދެކެނީ ނަރުހެއްގެ މަގާމުގައި ހުރެ އެއްވެސް ބަލިމީހަކަށް ތަފާތުކުރުމެއް ނެތި އެމީހުންނަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕް ފުރުސަތު ލިބުމަކީ ސަނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މި ފުރުސަތުގެ ސަބަބުން ސަނާއަށް ނަރުހަކަށް ވުމަށް ދެކޭ ހުވަފެން ހާސިލްކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މާޔާ އޭންޖަލޫ ބުނެފައިވާ ބަސްކޮޅު "ނަރުހަކަށް ބަލިމީހާއާއި، އެމިހާގެ އާއިލާ އަދި އަމިއްލަ މީހާގެ ހިތާ، ނަފްސާއި ހަށިގަނޑު ފަރުވާދިނުމުގެ ފުރުސަތު ލިބެއެވެ". މިއީ ސަނާ ވަޒީފާ އަދާކުރާއިރު ހިތުގައި އޮންނަ ބަސްކޮޅެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ނިންމުމަށްފަހު ސަނާ މަސައްކަތް ކުރާނީ އިތުރަށް އުނގެނުމަށާއި މުޖުތަމައު ނަރުހެއްގެ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތުގައި އެންމެގިނަ މުއައްޒަފުން ޙަރަކާތްތެރިވާ އެއް ފަރާތަކީ ނަރުހުންނެވެ. ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރަމެވެ.

އެހެންކަމުން، ޓްރީ ޓޮޕް ހޮސްޕިޓަލުން މިކަން ފާހަގަ ކޮށް،ނަރުހުންގެ ދާއިރާއިން ޙާއްސަ ސްކޯލާޝިޕް ތައާރަފްކޮށް ތަޢުލީމާއި ތަމްރީނުގެ ރޮގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ޚިދުމަތް ފުޅާކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރސިންގ ސްކޮލަރޝިޕް ދަށުން 7 ކުދިން މިހާރު ދަނީ ނަރުސްކަމުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް