ދުވާފަރު ސިއްހީ މަރުކަޒުގެ މެނޭޖަރު މަގާމުން ވަކިކުރީ އޭނާ ފެއިލްވުމުން، ދާއިރާގެ އެމްޑީޕީ އާއްމު މެންބަރުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމުން

ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ އާމިރު އަހްމަދު އެ މަގާމުން ވަކި ކުރީ އެ ދާއިރާގެ އެމްޑީޕީ މެންބަރުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމުން ކަން އެނގިއް...

28 Feb 2022 | 17:48

ދުވާފަރު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ އާމިރު އަހްމަދު އެ މަގާމުން ވަކި ކުރީ އެ ދާއިރާގެ އެމްޑީޕީ މެންބަރުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހެޅުމުން ކަން އެނގިއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ދާއިރާއިން ވާހަކަދެއްކި އެމްޑީޕީގެ މެންބަރަކު ވިދާޅުވީ އެ މަގާމުން އާމިރު ވަކިކުރީ އަދާކުރި ޒިންމާ އަދާކުރުމުގައި ފެއިލްވުމުގެ އިތުުރުން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ، ބައެއް އިންތިހާބުތަކުގައި އެމްޑީޕީގެ ބައެއް ކެނޑިޑޭޓުންނާ ސީދާ ދެކޮޅަށް މަސައްކަތްކޮށް އެމްޑީޕީގެ އަސާސްތަކާ ތަކުރާރުކޮށް ހިލާފުވަމުން އަންނާތީ ދާއިރާގެ އެމްޑީޕީ މެންބަރުންނަށް އާމިރުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާކަން ގަބޫލު ކުރެވިގެން އެކަމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކުރެވި، ރައީސް އޮފީހަށް ހުށަހެޅިގެން ކަމަށެވެ.

"ރައީސް އޮފީހަށް އެ ޕެޓިޝަން ހުށަހެޅީމަ ރައީސް އޮފީހުން ބަލަންވާ ކަންކަން ބެލުމަށްފަހު އެ ވަކި ކުރީ، ވަޒީފާގެ ޒިންމާ އަދާ ނުކުރޭ، އަމަލުކުރަމުންދިޔައީ ސީދާ އެމްޑީޕީގެ އަސާސްތަކާ ހިލާފަށް" ދުވަހަށް މައުލޫމާތު ހިއްސާކުރި އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ މެންބަރަރު ބުންޏެވެ.

އެމްޑީޕީ ދުވާފަރު ދާއިރާގެ ރައީސް އަދި އެމްޕީ އިސްމާއިލް އަހްމަދުވެސް މި މައްސަލައިގާ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެ ޕޯސްޓްގައި އެ ޕެޓިޝަނާއެކު ރައީސް އޮފީހަށް ފޮނުވި ސިޓީވެސް ހިމަނާފައިވެއެވެ.

އެމްޕީ އިސްމާއިލްގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރައީސްލްޖުމުހޫރިއްޔާ އައްޔަންކޮށްފަ ހުންނަ މަޤާމު، އެ މަޤާމަށް ހާޒިރުވުމުގައި ފަރުވާކުޑަކަމަށް އަދި އެމަގާމުގެ ޒިންމާ އަދާކުރުމުގައި އިހްމާލުތަކެއް އުޅޭކަމަށް ގިނަ އާއްމު މެންބަރުންނާއި ރައްޔިތުން އަދި އެކު މަސައްކަތް ކުރައްވަންތިބި ގިނަ މުއައްޒަފުން ބަހާއި އަމަލުން ބުނުމުން ދެންއެކަމެއް ބަލައި ފިޔަވަޅުއަޅަން އެދެންޖެހޭ ކަމަށެވެ.

"އެއީ ކުރަން ގަޔާ ނުވާކަމަކަށް ވިޔަސްމެއެވެ!، ކޮންމެކަމެއް އެ މުއައްސަސާއެއްގެ ކަންކުރާން އޮންނަ  ޤަވާޢިދާއި ހަމަޔާއި އުސޫލު ހިފަހައްޓަން އެއްމެންވެސް ބާރު އެޅުން ބޭނުންތެރި!" އެމްޕީ ވިދާޅުވެފައިވެއެވެ.

ދުވާފަރު ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި އާމިރު މަގާމުން ވަކި ކުރުން އެމްޑީޕީގެ ތެރޭގައި ބޮޑު މައްސަލައަކަށް ވެފައިވާއިރު އެ ދާއިިރާއިން ބުނަނީ އޭނާ ވަކި ކުރީ ފެއިލްވުމުން ކަމަށެވެ. ނަމަވެސް މި މައްސަލައިގާ ރައީސް ނަޝީދުވެސް ރޭގައި ވަނީ ކޯފާ އިސްކުރައްވާފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ރޭގައި ރައީސް ސޯލިހަށް އަމާޒުކޮށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ގާނޫން އަސާސީގެ 115 ވަނަ މާއްދާ ބޭނުންކުރައްވަނީ ވަރަށް ސިޔާސީކޮށް ކަމަށާއި އެމްޑީޕީގެ އެތެރޭގެ އިންިހާބާ ދިމާކޮށް، ޕާޓީން މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ނަޝީދު ހަމަ އެމޭރުމުން ވިދާޅުވެފައިވަނީ އެހެންކަމަށްވަންޏާ އޭނާވެސް މަގާމުން ވަކި ކުރެއްވުމަށެވެ. އެ ދެންނެވީ މަޖިލީސް ރައީސްކަމުން ވަކި ކުރެއްވުގެ ވާހަަ ކަމުގައި ބެލެވެެއެވެ.

އެ ގްރޫޕްގައި ރައީސް ނަޝީދު އެހެން ލިޔުއްވުމުން، އެ ދާއިރާގެ ރައީސް އަދި އެމްޕީ އިސްމާއިލް އަހްމަދު ވަނީ ކަން ހިނގާދިޔަގޮތް ހަމަ އެ ގްރޫޕްގައި ލިޔުއްވާފައެވެ. އެއަށްފަހު އެކަމާއި ގުޅޭގޮތުން ރައީސް ނަޝީދު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް