އެމްޑީޕީގެ ވޯޓާސް ލިސްޓް ޝަކުވާއަށް ހުޅުވާލައިފި

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ. އެމް...

28 Feb 2022 | 17:01

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފިއެވެ.

އެމްޑީޕީން މިރޭ ނެރުނު އިއުލާނެއްގައި ވަނީ ވޯޓުލާ މީހުންގެ ލިސްޓާއި ބެހޭ ޝަކުވާ ހުށަހެޅުމަށް އެދޭ ފަރާތްތަކުން ޝަކުވާގެ ތަފްސީލާއެކު އައިޑީ ކާޑުގެ ކޮޕީއެއް އީމެއިލް ކުރުމަށް އެދިފައެވެ.

އަދި ޝަކުވާ ހުށަހެޅުއްވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 10 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ސުންމިނެޓު ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޕާޓީން ވަނީ ޗެއަރޕާސަން އާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިއްވަރުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓު ބެލޭނެ ގޮތަށް އާންމުކޮށް ފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

މިއިންތިޚާބުގައި ވާދަކުރަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ. އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރަށްވަނީ މެމްބަރު ރޮޒައިނާ އާދަމްއާއި ޝަފާތު އަހުމަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް