ލާމު ގަމުން މީހަކު ގެއްލިގެން ހޯދަނީ

ލާމު ގަމުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގަމު ކައުންސިލުން ދެންމެ ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަހްމަދު ޖިނާހް ނަމަކަށްކިޔާ ޒުވާނަކު ގެއްލިފައިވާކަމަށް އާއިލާއިން ރިޕޯޓްކޮށްފައ...

28 Feb 2022 | 13:31

ލާމު ގަމުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގަމު ކައުންސިލުން ދެންމެ ބުނެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އަހްމަދު ޖިނާހް ނަމަކަށްކިޔާ ޒުވާނަކު ގެއްލިފައިވާކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާކަމަށެވެ.

"މިއަދު ހެނދުނު 06:30 ގެ ފަހުން މި ފަރާތުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 7470774 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރެއްވުން އެދެން" އެ ކައުންސިލުން ބުނެފައިވެއެވެ.

ހޯދަމުން އަންނަ ފަރާތަކީ ސިކުނޑީގެ އުނިކަމެއް ހުންނަ ފަރާތެއްކަމުގައި އާއިލާއިން މައުލޫމާތުދޭކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.


އަދާހަމަ: މިހާރު އެމީހާ ފެނިފައިވާކަމަށް އެ ރަށުން ދުވަހަށް މައުލޫމާތުދެއެވެ. އަދި ހާލުވެސް ރަނގަޅުކަމަށް މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް