ތެލުގެ އަގާ މަހުގެ އަގާއެކު މިފްކޯގެ އުފެއްދުންތަކުގެ އަގުވެސް އުފުލުން އެކަށީގެންވޭ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއި، މާދަމައިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުވުމާއި ޕްރޮޑަކްޝަން ކޯސްޓްތައްވެސް ބޮޑުވެފައިވުމާއެކު މިފްކޯގެ ޕްރޮޑަކްޓްލައިންގެ އަގުތަ...

28 Feb 2022 | 13:18

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއި، މާދަމައިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުވުމާއި ޕްރޮޑަކްޝަން ކޯސްޓްތައްވެސް ބޮޑުވެފައިވުމާއެކު މިފްކޯގެ ޕްރޮޑަކްޓްލައިންގެ އަގުތަކުންވެސް ކޮންމެވެސް މިންވަރެއް ބޮޑުވުން އެކަށީގެންވާކަމުގައި މިފްކޯއިން ބުނެފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން މިފްކޯގެ މެނޭޖިިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދާ ދިއުމާއި، މާދަމައިން ފެށިގެން މަސްވެރިންގެ އަތުން މަަސް ގަންނަ އަގަށް އަންނަ ބަދަލާއި އަދި ޕްރޮޑަކްޝަން ކޯސްޓްތައްވެސް ބޮޑުވެފައިވާތީ މިފްކޯގެ އުފެއްދުންތަކުގެ އަގަށްވެސް ބަދަލު އަންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް، ވަރަށް މަސައްކަތް ކުރަމުން މިދަނީ ވީހާވެސް ހެޔޮކޮށް އުފެއްދުންތައް ބާޒާރަށް ނެރެވޭތޯ، އެހެންނަމަވެސް ތެލުގެ އަގުވެސް މި މަސްތެރޭގައިވެސް ދެ ފަހަރަށް އުފުލިއްޖެ" އެމްޑީ ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ މިފްކޯއިން ވިއްކާ މަސްދަޅާއި އަދި އެހެނިހެން އުފެއްދުންތަކުގެ އަގަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް