ގަރާޖާ ގުދަން ކުރިމަތީގައި ޕަލެޓު ބަހައްޓާނެ ކަމެއް ނެތް، ޑަބަލް ލައިން ދަމައިދޭނަން: ސިޓީ ކައުންސިލް

ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ސަރަޙައްދު ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމުން އެތަންތަނު...

28 Feb 2022 | 12:33

ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ސަރަޙައްދު ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުއްވުމުން އެތަންތަނުގެ ކުރިމަތީގައި ޕާރކުނުކުރެވޭ ގޮތަށް ޑަބަލް ލައިން ދަމައިދެވޭނެ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގަރާޖުު،ގުދަން،ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ސަރަޙައްދު ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން އެ ކައުންސިލުގެ "ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ" މިއަދުން ފެށިގެން މި ފެށޭ މާރޗް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އެ ކައުންސިލަށް ހުށަހެޅުއްވުމުން އެތަންތަނުގެ ކުރިމަތީގައި ޕާރކުނުކުރެވޭ ގޮތަށް ޑަބަލް ލައިން ދަމައިދެވޭނެ ކަމަށް ބުނެފިއެވެ.

މީގެ އިތުރުން ލޯޑިންގ އެންޑް އަންލޯޑިންގ ކުރުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަޙައްދުތަކަށް މަތީގައި އެ މުއްދަތުގެ ތެރޭގައި  ސިޓީ ކައުންސިލަށް ހުށަހެޅުއްވުމުން ސަރަޙައްދު ޗެކުކުރުމަށްފަހު، ސްލޮޓު ހަމަޖައްސައިދެވޭ ތަނެއްކަމުގައިވާނަމަ، ކުލި ނަގައިގެން ސްލޮޓު ހަމަޖައްސައިދެވޭނެ ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލްގެ ހުއްދަ ނެތި ބޭނުންކުރަމުންދާ މިފަދަ ތަންތަނުގެ ކުރިމަތީގައި ބެހެއްޓިފައި ހުންނަ ޕެލެޓްތައް މިއަދުންފެށިގެން ނެގޭނެ ކަމުގައި އެ ކައުންސިލުން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް