ހުޅުމާލޭ ފިހާރައަކުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ އަމްޒާނާ ޖެނެރަލް ގުޑްސް ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ. އަދި ފުލުހުން ހޯދި ހޯދުމަށް މީނާ އަކީ ކާކު ކަން ދެނެގަނެވިފައި ނުވާކަމަށެވެ.
ފުލުހުން ބުނީ މި މީހާ ފިހާރައިން ވައްކަން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ދަންވަރު ވަގުތެއްގައި ކަމަށެވެ.
މި މީހާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސްނުކޮށް ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް