މި 24 ގަޑިއިރަކީ ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރެއިންއަށް ނުރައްކާތެރި ވަގުތުތަކެއް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
މިމަހުގެ24 ވަނަ ދުވަހުން ފެށިގެން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިއާ ސިފައިންގެ އަމާޒަކީ ވެރިރަށް ކީވް ހިފުމެވެ. ރިޕޯޓުތައް ބުނާގޮތުގައި ރަޝިއާ އުންމީދު ކުރިހާ ހަލުވި މިނުގައި އެކަން ނުވުމުން އެހެން ގޮތްތަކެއް ދަނީ ރާވަމުންނެވެ.
މި ހަނގުރާމަ އާއި ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ އެކު ފޯނުން ކުރެއްވި މަޝްވަރާތަކުގައި ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިން ދިފާއުކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އެހީ އާއި އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ގޮތްތަކަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިއާގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ކީވް ހިފުން ކަމަށާއި އެމީހުން އެކަމަށް ކޮންމެ ފަދަ ފެންވަރެއްގެ ހަމަލާއެއްވެސް ދީފާނެ ކަމަށެވެ. ޔޫކްރެއިން ރައީސް މިހެން ވިދާޅުވެފައި މިވަނީ ރަޝިއާގެ ނިއުކްލިޔާ ބާރުތައް ތައްޔާރީ ހާލަތުގައި ތިބުމަށް ރައިސް ލަޑީމިއާ ޕުޓިން އަމުރު ކުރައްވާފައި ވަނިކޮށެވެ.
ރަޝިއާގެ ހަމަލާތައް ވަރުގަދަ ކުރަން ތައްޔާރުވާތީ ނޭޓޯ އާއި އެމެރިކާ އާއި އީޔޫގެ ގައުމުތަކުން ދަނީ ޔޫކްރެއިންއަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން ދަނީ އެހީވަމުންނެވެ. އެކަމަކު އެ ގައުމުތަކާއި ޖަމާއަތްތަކުގެ ފައުޖުތަކެއް ޔޫކްރެއިން ހަނގުރާމައިގަ ބައިވެރިވާކަށް ނުފޮނުވަ އެވެ.
މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ އެ ވައުޖުތައް ޔޫކްރެއިންއަށް ނުދަނީ ގައުމުތަކަށް ރަޝިއާގެ ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް