ޔޫރޯ ސްޓޯރުން ވައްކަން ކޮށްފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ

ޗާންދަނީމަގު ޔޫރޯ ސްޓޯރުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުންގެ ވެބްސައިޓްގައި ޔޫރޯ ސްޓޯރުން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވައްކަން ކުރާ މަން...

28 Feb 2022 | 09:08

ޗާންދަނީމަގު ޔޫރޯ ސްޓޯރުން ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ޔޫރޯ ސްޓޯރުން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށް ބުނެފައި ވަނީ މާފަންނު ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެފައިވާ މީހެއް ކަމުގައެވެ.

އަދި ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ.

އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް