މަޑުއްވަރީގައި ބީއެމްއެލްގެ އޭޓީއެމެއް ހުޅުވައިފި

ބޭން އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރ. މަޑުއްވަރީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް...

28 Feb 2022 | 08:54

ބޭން އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރ. މަޑުއްވަރީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށްޓައިފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މިއަދު ފެށުނު އޭޓީއެމް ޚިދުމަތާއެކު މިވަގުތު ރ. އަތޮޅު އުނގޫފާރު އަދި މީދޫގައި ސެލްފް ސަރވިސް ބޭންކިންގ އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މީގެ އިތުރުން 3 ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައިވާކަމަށެވެ.

ބީއެމްއެލްއިން މައުލޫމާތުދޭ ގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 137 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް