ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދަމަހައްޓަން މިނިސްޓްރީ އޮފް ހެލްތުން އަންގައިފިއެވެ.
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ސޮއުކޮށް ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އަދިވެސް ފެތުރުމުގެ ނުރައްކާ އޮތުމާއި ގުޅިގެން، ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން 30 ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
ކޯވިޑް އަޢި ގުޅިގެން ރާއްޖޭގައި އެންފަހުން ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުއެވެ. މިއަދު އިއުލާނު ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތު ދެން ހަމަ ވަނީ އަންނަ މަރޗް މަހުގެ 30 ވަނަ ދުވަހުއެވެ.
ރާއްޖެއިން ކޯވިޑް ފެނުނުފަހުން މިއީ ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރި 24 ވަނަ ފަހަރެވެ.
ކޯވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރުނު ނަމަވެސް މިހާރު މިވަނީ ބޮޑު ތަނުން ދަށަށް ޖެހިފައެވެ. ނަމަވެސް މި ބައްޔަށް ސާމާލު ނުވެއްޖެ ނަމަ އިތުރަށް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް