މާލޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ މ. ޑޯންލައިޓް ހައުސް 5 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެޙާދިސާ ހިނގި ތަނަށް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ބޭފުޅުން 06:15 ހާއިރު ދިޔައިރު އަލިފާން ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ކައްކަން އުނދުންމައްޗަށް އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފުމުން، ބަދިގޭގެ ކަބަޑުގައި އަލިފާން ރޯވެގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް