އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް އައްޔަން ކުރަން ފޮނުވި ބޭފުޅުންގެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފަސް ބޭފުޅެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ނަންތަން ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާ ކަމަށް ވިދާޅުވި އެވެ.
އޭސީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވީ އާދަމް ޝާމިލް، އަބްދުއްސަލާމް، ތާހާ މުހައްމަދު އަދި ޝަޒްނާ ހާޝިމްގެ އިތުރުން ޝިޔާމާ މުހައްމަދުގެ ނަމެވެ.
އޭސީސީއަށް އައްޔަން ކުރަން ފެންނަ ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައި މިވަނީ އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގައި އޮންނަތާ މަހެއް ވެފައި ވަނިކޮށެވެ. އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވީ މަޖިލީހުން އެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް