މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެދުމުުގެ މަތިން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ ނޭޝަަނަލް ރީއިންޓަގްރޭޝަން ސެންޓަރ އިންސްޕެކްޓު ކޮށްފި އެވެ.
މި އިންސްޕެކްޝަން ކުރިޔަށް ގެންގޮސްފައިވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
އެ ޒިޔާރަތުގައި ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަށް އެންޕީއެމްގެ ފަރާތުން ފަހެއް ފެބްރުވަރީ 2020 ގައި ކޮށްފައިވާ މޮނިޓަރިން ޒިޔާރަތުގައި ކަމާގުޅޭ އިދާރާތަކަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކޮށްފައިވާ މިންވަރު ބަލާފައިވެއެވެ.
އަދި އެ ސެންޓަރުގައި މީހުން ބަންދުކުރުމުގެ ކުރިން ތަނުގެ މާއްދީ ހާލަތު ވެސް ވަނީ ބަލާފައެވެ.
މީގެ އިތުރުން ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަށް ކުރި އެ ޒިޔާރަތުގައި ފާހަގަކުރެވުނު ކަންކަން ހިމެނޭ ކަރުދާހެއް މިނިސްޓްރީ އޮފް ހޯމް އެފެއާޒްއާއި ވާނީ ހިއްސާކޮށްފައި ކަމަށް އެޗްއާރްސީއެމުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް