ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ރަޝިއާގެ އެއާލައިންތަކަށް ބަންދުކޮށްފި އެވެ.
އީޔޫގެ މައި އިދާރާއިން ބުނީ މި ފިޔަވަޅާއި އެކު ރަޝިއާގައި ރެޖިސްޓްރީކޮށްފައިވާ އެއާލައިންތަކާއި ފްލައިޓުތަކާއި ޖެޓުތަކަށް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ. އީޔޫއިން ބުނީ މިވަގުތު ޔޫރަޕްގެ ގައުމުތަކުގައި އޮތް ރަޝިއާގެ ވައިގެ އެއްވެސް އުޅަނދަކަށް އެ ގައުމުތަކުން ފުރުންވެސް މަނާކޮށްފައިވާ ކަމަށެވެ.
އީޔޫގެ ގައުމުތަކުގެ އިތުރުން އިނގިރޭސިވިލާތުންވެސް ވަނީ ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓުތައް އެގައުމަށް ޖެއްސުން މަނާކޮށްފަ އެވެ.
ބައެއް ގައުމުތަކުން ދަނީ އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި ބާއްވާނެ މުއްދަތު އިއުލާނު ކުރަމުންނެވެ. ޖަރުމަނުވިލާތުން ބުނީ ކުރިޔަށް އޮތް ތިން މަސް ދުވަހު ރަޝިއާގެ އެއާލައިންތަކަށް އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އީޔޫގެ ގައުމުތަކުގެ ތެރޭގައި27 ގައުމެއް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް