ނާޒުކު ހާލަތުގައި ދިރިއުޅޭ ތިން އާއިލާއަކަށް ބީއެމްއެލްއިން ގެ އަޅައިދެނީ

ރާއްޖޭގެ އެކި ހިސާބުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހައުސިންގ ގްރާންޓްގެ ނަމުގައި ޕްރޮގްރާމެއް އިފްތިހާހުކޮށްފިއެެވެ. މި ޕްރޮގްރާމްގައި ހިލޭ އެހީ...

28 Feb 2022 | 04:58

ރާއްޖޭގެ އެކި ހިސާބުތަކުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހައުސިންގ ގްރާންޓްގެ ނަމުގައި ޕްރޮގްރާމެއް އިފްތިހާހުކޮށްފިއެެވެ.

މި ޕްރޮގްރާމްގައި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ފަރުނީޗަރު ހިމެނޭހެން ގެ އިމާރާތްކޮށް ދޭނެ ކަމަށް ބީއެމްއެލްއިން  ބުނެ އެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލްގެ އެހީގައި ގެ އެޅުމަށް ބޭނުންވާ އައިލާތައް ފާހަގަކޮށް، ހިލޭ އެހީއަށް އެދުމުގެ ފުރުސަތު ޖަމިއްޔާތަކާއ ކައުންސިލްތަކަށް ވަނީ ހުޅުވާލާފަ އެވެ.

މި ހަރަކާތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " މިއަދު ތައާރަފްކުރެވޭ މި ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މި ޕްރޮޖެކްޓްގެ ދަށުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނުވައި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ފުރުސަތު ހޯދައިދިނުން."ކަމަށެވެ.

މިކަމަށް ހުށަހަޅާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން [email protected]  އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް