އައިޖީއެސްގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ

އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފިއެެވެ. އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާޓްނަ...

28 Feb 2022 | 04:11

އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފިއެެވެ.

އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި ޕާޓްނަރޝިޕް އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އައިޖީއެސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން އަދި ސީއީއޯ ރިފްއަތު

މުހައްމަދެވެ.

މި މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ.

މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެެވެ.

މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ. މި ތާރީޚީ މިޝަންގެ މެއިން ޕާޓްނަރަކަށް ވުމީ މި ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމުގައި ދެކެމެެވެ.

އަދި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އައިޖީއެސް އިން ފާހަގަކުރައްވާ ގޮތުގައި އެޗްޑީސީގެ އެހީތެރިކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި މިޝަންގެ މަޤްޞަދު ހާސިލުކުރެވޭނެއެވެ.

މިއީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސް އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ކޭއެސްއެފް ސްޕޭސް ފައުންޑޭޝަން އަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ

ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް