މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްަދު ޖުނައިދު މަގާމުން އިސްތިއފާދެއްވައިފި އެވެ.
އިސްތިއުފާދެއްވި ކަން ޖުނައިދު ވަނީ ދުވަހަށް ކަށަވަރުކޮށްދެއްވާފައި އެވެ. އިސްތިއުފާދެއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އައިލީ ވިޔަފާރިއަށް އިސްކަން ދިނުމަށް ބޭނުންވާތީ ކަމަށެވެ.
ޖުނައިދަކީ ރައީސް އަބްދުﷲ ޔާމީނާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެކަމަކު މިފަހަކުން ވަނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުންޏާއި އެމްޕީއެލް އާއި ދެމެދު ޖެހުނު މައްސަލަ ތަކެއްގައި ދެ ބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދި ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައި އެވެ.
ޖުނައިދު އެމްޕީއެލްގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް