ހުޅުމާލޭ ރޯހައުސް އެއްގެ ފުރަތަމަ ފަންގިފިލާއިން ކުޑަ ކުއްޖަކު ވެއްޓިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ވެއްޓިފައިވަނީ އުމުރުން ހަތަރު އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. ވެއްޓުމުން ކުއްޖާއަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ކުއްޖާއަށް މިހާރު ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން ދަނީ އެކްސްރޭ ނަގައި އެެތެރެފުށުން ގެއްލުމެއް ލިބިފައި ހުރިތޯ ބެލުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް