މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޓޮމީ ހިލްފިގާގެ ފަރާތުން ބޮގޮލީވުޑްގެ ތަރި ރިތިކް ރޯޝަންގެ ކިބައިން ލިޔުމުން މައާފަށް އެދިއްޖެ އެވެ.
ދާދިދަފުން ރިތިކްގެ ދެ ކުދިންނާއި އެކު ވަގުތުު ހޭދަކުރުމަށް ބޭރަށް ގޮސް އުޅުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއްގައި ރިތިކްގެ ކުދިން ލައިފާ ހެދުމުގެ ބްރޭންޑަކީ ޓޮމީ ހިލްފިގާ ބްރޭންޑަށް ވާތީ އެ ކުންފުނީގެ މާކެޓިން ޓީމުން ވަނީ އިޝްތިހާރު ކުރުމުގެ ގޮތުން އެ ފޮޓޯ އެޑިޓްކޮށް ބޭނުންކޮށްފައި އެވެ.
ޓޮމީގެ ފައުންޑާގެ ފަރާތުން ރިތިކް އަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެހާދިސާ ހިނގާދިޔަ ގޮތުން ދެރަވެ ލަދުގަނެފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައި އެވެ.
ޓޮމީން އެ ފޮޓޯ ބޭނުން ކުރުމުން ރިތިކް ވަނީ އެކަމާ ހިތްހަމަ ނުޖެހި އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި އެވެ. ރިތިކް ބުނެފަިއވަނީ އިޝްތިހާރުގެ ގޮތުގައި އެ ފޮޓޯ ބޭނުން ކުރަންޖެހޭނީ އޭނާގެ ހުއްދަ އާއި އެކު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް