ރާނީ މުކަރްޖީގެ އެނބުރި އައުން ކިހިނެތް ވާނެބާ؟

ބޮލީވުޑާއި ދުރުގަ ދެތިން އަހަރު ހުރުމަށް ފަހު ކުރީގަ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވަނީ ރާނީ މުކަރްޖީ އަނެއްކާވެސް އެނބުރި އައުމަށް ތައްޔާރުވާން ފަށައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ރާނީ އެންމެ އަވަ...

28 Feb 2017 | 05:37

ބޮލީވުޑާއި ދުރުގަ ދެތިން އަހަރު ހުރުމަށް ފަހު ކުރީގަ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވަނީ ރާނީ މުކަރްޖީ އަނެއްކާވެސް އެނބުރި އައުމަށް ތައްޔާރުވާން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ރާނީ އެންމެ އަވަހަށް މަސައްކަތް ފަށާނީ ޑައިރެކްޓަރު ސިދާތް މަލޯތްރާގެ "ހިޗްކީ" ގައި އެވެ. އެ ފިލްމުގައި ރާނީ އަދާ ކުރަނީ އަންހެނެއްގެ ގައިގަ ހުންނަ ބަލިފައެއްގެ ސަބަބުން ކުރިއަށް ނުދެވިފައި ހުރުމަށް ފަހު ހިތްވަރުގަދަ ކެރޭ އަންހެނަކަށް ވުމަށް ކުރާ މަސައްކަތެވެ.

މި ފިލްމާއި ބެހޭގޮތުން ރާނީ ބުނެފައިވަނީ ވިހެއުމަށް ފަހު އެނބުރި ފިލްމީ ދާއިރާއަށް އަންނަން ބޭނުންވީ ވަރަށް ވަރުގަދަ ރަނގަޅު ވާހަކައެއްގެ މައްޗަށް ހަދާ ފިލްމަކަށް ކަމަށެވެ. "ހިޗްކީ" އަކީ އެފަދަ ފިލްމެއް ކަމަށާއި، އެ ފިލްމުގެ ވާހަކައަކި އޭނާ ބޭނުންވި ކަހަލަ މޮޅު ވާހަކައެއް ކަމަށެވެ.

މި ފިލްމުގައި ރާނީ އާއި އެކު ފިރިހެން ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރަނީ ކާކުކަން އަދި ހާމަނުކުރިނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި ފިރިހެން ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރާނީ "ސްޓޫޑެންޓް އޮފް ދަ އިއާ" ގެ ތަރި ސިދާތް މަލޯތްރާ އެވެ. އެކަމަކު އޭނާ ވަނީ އަދި އެފަދަ އެއްބަސްވުމެއް ނެތް ކަމަށް ބުނެފައި އެވެ.

މި ފިލްމުގެ މަަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް "ހިޗްކީ" ގެ ޓީމުން ވަނީ ހާމަކޮށްފައި އެވެ.

ރާނީ އެންމެ ފަހުން ފެނިފައިވަނީ 2014 ވަނަ އަހަރު ރިލީޒް ކުރި "މަރްދާނީ" އިންނެވެ. އެ ފިލްމަކީވެސް އަންހެނުންގެ ބާރުވެރިކަން ދައްކައިދޭ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް