ރިޔާސީ ދައުރު މުއްދަތު އިތުރުކުރުމަށް މިސްރުގެ މަޖިލީހަށް ބިލެއް ހުށަހަޅަނީ

މިސްރުގެ ރިޔާސީ ދައުރު ހަތަރު އަހަރުން ހަ އަހަރަށް އިތުރު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އެބަދެ އެވެ. މި ބިލު ހުށަހަޅަން ތައްޔާރުވަމުން އަންނަނީ މިނިވަން...

27 Feb 2017 | 23:49

މިސްރުގެ ރިޔާސީ ދައުރު ހަތަރު އަހަރުން ހަ އަހަރަށް އިތުރު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އެބަދެ އެވެ. މި ބިލު ހުށަހަޅަން ތައްޔާރުވަމުން އަންނަނީ މިނިވަން މެމްބަރެކެވެ.

މި ބިލު ހުށަހަޅަން ތައްޔާރުވަމުން އަންނައިރު މިސްރުގައި މިހާރު ވެރިކަން ކުރަމުން އަންނަ އަބްދުލްފައްތާހް އަލް ސީސީގެ ރިޔާސީ މުއްދަތު ހަމަވާން ދެން އޮތީ މަދު ދުވަސްކޮޅެކެވެ. އެހެންކަމުން މި އިސްލާހު ހުށަހެޅުމާއެކު މިސްރުގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެންދާނޭކަމުގައި މުރާސިލުން ދެކެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އިސްމާއިލް ނަސްރުއްދީން ބުނެފައިވަނީ އެ ބިލު ހުށަހެޅުމަށް ހޯދަން ޖެހޭ އަދަދަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މި އިސްލާހު މަޖިލީހުން ބަލައިގަނެ އިސްލާހު ފާސްވެއްޖެނަމަ ސީސީއަށް މި ދައުރުގައި ރައީސްކަން ކުރުމުގެ ފުރުސަތު އިތުރު ދެ އަހަރަށް ލިބިގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް