އަރަބިއްޔާ ސްކޫލްގައި ފަޔާ ޑްރިލް އެއް  ކުރިއަށް ގެންގޮސްފި

ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ފަޔާ ޑްރިލް އެއް އަރަބިއްޔާ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން މައ...

27 Feb 2017 | 23:21

ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ރައްކާތެރިކަމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކާއި ބެހޭ ފަޔާ ޑްރިލް އެއް އަރަބިއްޔާ ސްކޫލްގައި މިއަދު ކުރިއަށް ގެންގޮސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ރާއްޖޭގެ ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، 894 ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ އަރަބިއްޔާ ސްކޫލްގައި އިއްޔެގެ ހެނދުނު ދަންފަޅީގައި އަދި މެންދުރު ދަންފަޅީގައި ވަނީ ފަޔާ ޑްރިލް އެއް ކުރިއަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މާލެ އާއި އަތޮޅުތެރޭގެ 24 ސްކޫލެއްގައި ފަޔާ ޑްރިލްތައް ބޭއްވި ދަރިވަރުންނާއި މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައިވާކަމަށާއި އަދި މިއަހަރުގެ މިހާތަނަށް އަމީނިއްޔާ ސްކޫލާއި، ހުޅުމާލޭ ގާޒީ ސްކޫލް އަދި އައްޑޫ ސިޓީ އިރުޝާދިއްޔާ ސްކޫލްގައި ވެސް ވަނީ ދެ ދަންފަޅީގައި ފަޔާ ޑްރިލް ކުރިއަށް ގެންގޮސްފައިވާކަން އެޑިއުކޭޝަނުން ފާހަގަކުރެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޑްރިލްތައް އިތުރު ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ރޭވިފައިވާކަންވެސް އެޑިއުކޭޝަނުން ފާހަގަކުރެ އެވެ.

އެޑިއުކޭޝަނުން ހާމަކުރާގޮތުގައި  ދަރިވަރުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ  މަސައްކަތްތަކުގެ ތެރެއިން، ކުއްލި ހާލަތްތަކުގައި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިމަޖެންސީ އޮޕަރޭޝަން ޕްލޭން ތައްޔާރުކުރެވިފައި ވެއެވެ.

އަދި ސްކޫލަކަށް ދިމާވާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިއްވުމުގެ ނިޒާމް ބޭނުންކުރަންވީ ގޮތުގެ މައުލޫމާތާއި ތަމްރީނު ސްކޫލްތަކުގެ މުވައްޒަފުންނަށް ދީފައިވާ އިރު، ސްކޫލްގެ އެމަޖެންސީ އޮޕަރޭޝަން ޕްލޭން ގެ ދަށުން އެފަދަ ހާދިސާ ދިމާވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތާއި ބެހޭ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ މުވައްޒަފުންނަށް ވަނީ ތަމްރީނު ދީފަ އެވެ.

މީގެއިތުރުން، އެމްއެންޑީއެފް އާއި ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ސްކޫލްތަކުގައި ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ސްކޫލްތަކުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށާއި ސްކޫލްތަކަކީ ވަސީލަތް ހަމަ އަދި ދަރިވަރުންނަށް ރައްކައުތެރި ތަނަކަށް ހެދުމުގެ ގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފެށެންވާއިރަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އަލިފާން ނިއްވުމުގެ ނިޒާމް ހަރުކޮށްފައިވާ އިރު، ދަރިވަރުން ސަލާމްތާއި ރައްކައުތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޗައިލްޑް ޕްރޮޓެކްޝަން ޕޮލިސީ އެއް ތައްޔާރުކުރެވިފައި، 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކެއްގެ ގެ ދަރިވަރުންގެ ހެލްތު ސްކްރީން އަންނަނީ ކުރެވެމުންކަމުގައި މިނިސްޓްރީން ފާހަގަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް