ކާޑު ބޭނުންކޮށްގެން ބޭނުން ފައިސާއަކުން ވިޔަފާރިކުރެވޭ ހިދުމަތް ބީއެމްއެލް އިން ތައާރަފް ކޮށްފި

ރާއްޖެ އަންނަ ބިދޭސީންނަށް ކާޑު ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން ވިޔަފާރިކުރެވޭނެ މުޅިން އާ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ. "ޑައިނަމިކް ކަރަންސީ ކޮންވަރ...

27 Feb 2017 | 23:09

ރާއްޖެ އަންނަ ބިދޭސީންނަށް ކާޑު ބޭނުންކޮށްގެން އެމީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން ވިޔަފާރިކުރެވޭނެ މުޅިން އާ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފްކޮށްފިއެވެ.

"ޑައިނަމިކް ކަރަންސީ ކޮންވަރޝަން" (ޑީސީސީ)ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލްއިން ހާމަކުރާގޮތުގައި ޑީސީސީގެ ޚިދުމަތަކީ ވިޔަފާރިތަކަށް ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ޚިދުމަތެކެވެ. މި ޚިދުމަތް ބޭނުންކޮށްގެން ރިސޯޓްތަކަށާއި ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޑޮލަރުގެ ބަދަލުގައި އެމީހުންގެ އަމިއްލަ ގައުމުގެ ފައިސާއިން ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އަމިއްލަ ގައުމުގެ ފައިސާއިން ވިޔަފާރިކުރުމުން، ފަތުރުވެރިންނާއި އަދި ވަޒީފާއާ ގުޅޭ ކަންކަމުގައި ރާއްޖެ އަންނަ ދަތުރުވެރިންނަށް އެމީހުން ކުރާ ވިޔަފާރިތަކަށް ޖުމްލަ  ހޭދަވީ ވަރާއި އިތުރަށް ކުރެވޭ އެހެނިހެން ޗާރޖުތަކަށް އަރާ ވަރު އެމީހެއްގެ އަމިއްލަ ގައުމުގެ ފައިސާއިން ވަގުތުން އެނގޭނެ ކަމަށާއި އަދި ދިވެހި ވިޔަފާރިތަކަށް ލިބެންޖެހޭ އަދަދު ބޭންކުން ފޯރުކޮށްދޭނީ ދެ ފަރާތުން ކުރިންވެސް އެއްބަސްވެފައިވާ ކަރަންސީއިން ކަމުގައި ބީއެމްއެލްއިން ހާމަކުރެ އެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ ޑީސީސީގެ ޚިދުމަތް ބޭނުންކުރެވޭނީ ވިސާ އަދި މާސްޓަރ ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް