އިޒްރޭލު ސިފައިގެން ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު ޒަހަމްވެއްޖެ

އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު އިއްޔެ ޒަހަމް ވެއްޖެ އެވެ. ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ. މި ހާދިސާއާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ އެ އަނ...

27 Feb 2017 | 22:40

އިޒްރޭލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ފަލަސްތީނުގެ އަންހެނަކު އިއްޔެ ޒަހަމް ވެއްޖެ އެވެ. ޒަހަމްވެފައިވަނީ އުމުރުން 30 އަހަރުގެ އަންހެނެކެވެ.

މި ހާދިސާއާއި ބެހޭގޮތުން އިޒްރޭލުން ބުނެފައިވަނީ އެ އަންހެންމީހާއަށް ހަމަލާދޭން ޖެހުނީ ސިފައިންނަށް ހަމަލާދޭން އޭނާ އުޅޭ ކަމުގައި ތުހުމަތު ކުރެވުމުންނެވެ. ހަމަލާ ދިން ސަރަހައްދަކީ ފައިމަގުގައި ވަނުން މަނާ ސަރަހައްދެއްކަމުގައިކަންވެސް އިޒްރޭލު ސިފައިން ފާހަގަކޮށްފައި ވެ އެވެ.

އިޒްރޭލު ސިފައިންގެ ތަރުޖަމާނު ބުނެފައިވަނީ މި ހަމަލާގައި ޒަހަމްވި އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސްދީ ފަރުވާދިނުމުގައި އިޒްރޭލު ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު މިފަހުން ގޯސްވިފަހުން ފަލަސްތީނުގެ 200 އަށްވުރެ ގިނަ އާއްމުން މަރުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް